ވަޒީފާގެ ފުރުޞަތު
ނަންބަރު: GS137/2019/IUL12
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 10 ޖުލައި 2019 12:00
ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ހެލްތް އޮފިސަރެއް ހޯދުމަށް

އިޢުލާނު

މި ސްކޫލްގެ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމް:             

ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރު :

J-271648

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

ފުޅަދޫ ސްކޫލް / ބ. ފުޅަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުޅަދޫ ސްކޫލް / ބ. ފުޅަދޫ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް :

2500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް :

700.00 ރުފިޔާ

 

މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި

 ވާޖިބުތައް

1-     ސްކޫލް ހެލްތް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެމަތިން ، ދަރިވަރުންނާއި މުވައްޒަފުންނަށް އަދި ބެލެނިވެރިންނަށް އަމާޒުކޮށް ރާވާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.

2-     ދަރިވަރުންނަށް ދެވޭ ހިދުމަތްތަކުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެހެއްޓުން.

3-     ސިއްހީ ފަރުވާއަށް ބޭނުންވާ އެންމެހާ ތަކެތި ހޯދާ ބެލެހެއްޓުން .

4-     ސިއްހީ ގޮތުން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރަން އެހީތެރިވުން.

5-     ސްކޫލްގެ ހެލްތް ސްކްރީންއާއި ރިސްކް އެސެސްމެންޓް ހެދުން.

6-    ފަސްޓްއެއިޑް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.

7-      ސްކޫލްގެ އިމާރާތާއި ގޯތިތެރެއާއި ފާހާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކޮށް ހައްލުކުރަންޖެހޭ ކަންކަން  ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށް އެކަންކަން ރަނގަޅުކުރުން.

8-     ސިއްހީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.

10- ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި  ސްކޫލުން ކުރާ އެންމެހާ މަސައްކަތުގައި ބައިވެރިވެ ، އެއްބާރުލުން ދިނުން.

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 މަޤާމުގެ ޝަރުތުތައް :

1-     މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން .

 

 ގުޅޭ ވަޒީފާގެ ދާއިރާތައް : 

            1- ހެލްތް ސަރވިސަސް

 

 ތައުލީމީ ރޮނގުތައް :

              ކޮމިއުނިޓީ ހެލްތް

              ނާރސިންގ

              ޕްރައިމަރީ ހެލްތް ކެއަރ

              ޕަބްލިކް ހެލްތް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  2.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ

ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ .

(ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

      1- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ 

2- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ.

3- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ  ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް .

މަޤާމަށް އެދެންވީގޮތާއި

 ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2019  ވަނަ ދުވަހުގެ 12:00ގެ ކުރިން، ފުޅަދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  11 ޖުލައި 2019  އާއި 15 ޖުލައި 2019   އާ ދެމެދު، ފުޅަދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600013 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

28 ޝައްވާލް 1440

01 ޖުލައި 2019

01 ޖުލައި 2019