ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2019/85
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 07 ޖުލައި 2019 07:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ މެކޭނިކް
ބޭނުންވާ އަދަދު :1

މުސާރަ:

-/6100 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4880 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4000ރ - -/6000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ލެވެލް ކޯހެއް ހާސިލުކޮށްފައި އޮތުން ނުވަތަ މި ދާއިރާގައި އުޅެ 05 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

އުޅަނދުފަހަރުގެ އިންޖީނު، ޖަނަރޭޓަރ އަދި އެނޫން ވެސް އުޅަނދުގައިވާ ސިސްޓަމްތަކުގައި ދިމާވާ މައްސަލަތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރތައް އައިޑެންޓިފައި ކުރުމަށްފަހު ހޯދުމުގެ މަސައްކަތް ކުުރުން

އުޅަނދު ފަހަރުގެ ޑެއިލީ ޗެކް ކުރުމަށްފަހު ޓެކްނީޝަނުން ފާހަގަކުރާ މައްސަލަތައް ބަލައި އެކަންތައްތައް ހައްލުކުރުން.

އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓަނަންސް ޝެޑިއުލެއް ހަދައި އުޅަނދުތަކުގެ ކޮންޑިޝަނަލް އެސެސްމަންޓް ސާވޭ ހަދައި ކުރަންޖެހޭ މަރާމާތުގެ ކަންތައްތައް ކުރުން.

މަސައްކަތް ހަލުވިކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސްތައް އައިޑެންޓިފައިކޮށް އެތަކެތީގެ ސްޕެސިފިކޭޝަން ހަދައި އެތަކެތި ހޯދުމުގެ މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / މެރިން އިންޖިނިއަރިންގ އެންޑް ތިލަފުށި ޑިޕާޓްމަންޓް

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 ޖުލައި 07ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

އަދި މި ކުންފުނީގެ ވެބްސައިޓް www.port.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 

30 ޖޫން 2019