ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2019/46
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 11 ޖުލައި 2019 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ ފަޅުވެރި މަޤާމަށް މީހުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމް

ފަޅުވެރި (ޖީ.އެސް 3)

ބޭނުންވާ ޢަދަދު

4

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ
  • މި ދާއިރާގައި ލޯންޗް ފަޅުވެރިއެއްގެ ގޮތުން 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތުޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،2019 ޖުލައި 11ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

27 ޝައްވާލް 1440

                 30 ޖޫން    2019

30 ޖޫން 2019