ދިވެހިރާއްޖެ
މަޤާމް :އެޗްއާރު ކޮންސަލްޓަންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި އެޗްއާރު ކޮންސަލްޓަންޓެއްގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަޤާމް: |
އެޗްއާރު ކޮންސަލްޓަންޓް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް އުސޫލުން ( 6 މަސް) |
|
ޑިޕާޓްމަންޓް |
ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް |
|
މަޤާމު އޮތް އޮފީސް: |
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ |
|
މުސާރަ: |
މަހަކު -/25000 ރުފިޔާއާއި -/20000 ރުފިޔާއާއި ދެމެދު (މުސާރަ ކަނޑައަޅާނީ ފުރިހަމަކުރައްވާފައިވާ ތައުލީމާއި ތަމްރީން އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ.) |
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މިހާރު އެކުލަވާލެވިފައިވާ އުސޫލްތަކާއި ގަވާއިދުތައް މުރާޖައާކުރުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރެވިފައިވަނީ މުވައްޒަފުން ކުރާ މަސައްކަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލުމާއި ހޮސްޕިޓަލުގައި އަލަށް އިމާރާތްކުރަމުންގެންދާ 25 ބުރީގެ އިމާރާތުގެ "ހިއުމަން ރިސޯސް ޕްލޭން" ހެދުމުގެ މަސައްކަތް.
|
|
މަޤާމުގެ ޝަރުތުތައް: |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތް ސަރވިސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 2. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތް ސަރވިސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3316640 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
ޝޯޓް ލިސްޓްކުރުން: |
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 ޖުލައި މަސް ތެރޭގައި ، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން: |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ. 27 ޝައްވާލް 1440 30 ޖޫން 2019 |
|