ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2019/87
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 07 ޖުލައި 2019 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ޕޯސްޓަލް އޮފިސަރ

މަޤާމް :

ސީނިއަރ ޕޯސްޓަލް އޮފިސަރ  

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/6375ރުފިޔާ ( ހަހާސް ތިންސަތޭކަ ހަތްދިހަ ފަސްރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/3330 ރުފިޔާ (ތިންހާސް ތިން ސަތޭކަ ތިރީސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ގަވައިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް:

ހދ. ކުޅުދުއްފުށި ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާޞިލްކޮށްފައިވުން، ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާޞިލްކޮށްފައިވުން.
  •  ދާއިރާގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމްގެ މަސްޢޫލިއްޔަތު

  • އިދާރީ ހިންގުމާއި ޚިދްމަތްތައް ފޯރުކޮށްދިނުމާއި ޚިދުމަތާ ގުޅުންހުރި އޮޕަރޭޝަންސްގެ އެންމެހާ މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ކުރެވޭ އިންޓަރވިއު
  • ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

ރަސްމީ މަސައްކަތު ގަޑި:

  • އާދީއްތަ – ބުރާސްފަތި 8:00 – 16:00
  • ހޮނިހިރު 9:00 – 17:00 
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ، އެކަމަށް ޤާބިލް ފަރާތަކަށް ވާންޖެހޭނެވެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ޖުލައި 07 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. ފެކްސްއިން ނަމަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ހދ. ކުޅުދުއްފުށި ޕޯސްޓް އޮފީސްއިން ނަމަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން  ހދ. ކުޅުދުއްފުށި ޕޯސްޓް އޮފީހަށް ފޮނުވުން އެދެމެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މީހަކު ނެގުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ މި އިއުލާން މުއްދަތު ހަމަވާތާ 10 ދުވަހާ 15 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައެވެ. 

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
27 ޖޫން 2019