ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2019/47
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 08 ޖުލައި 2019 13:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
Software Analyst

މި މަޤާމަށް ބޭނުންވާ ފެންވަރު/ޝަރުތު އަދި މަޤާމުގެ މަސްއޫލިއްޔަތު މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައިވާ "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރެވިފައިވާނެއެވެ.

 

މަޤާމް:

ސޮފްޓްވެއަރ އަނަލިސްޓް – އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުއްދަތު:

2 (ދޭއް) އަހަރު

މުސާރަ:

މަހަކު 15,000/- ރުފިޔާ

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ނުވަތަ އެޓެސްޓް ކޮށްފައިވާ)

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

  1. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ
  2. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ތާރީޙް:  މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް  [email protected] ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

 

 

 

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000 ،ފެކްސް ނަންބަރު: (960) 334 4004

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

 

                              ‏24 ޝައްވާލް 1440

                              27 ޖޫން 2019

 

27 ޖޫން 2019