ދިވެހިރާއްޖެ
ނަންބަރ:GS43-B/2019/36
ކެންޓީން ހިންގާނެެ ފަރާތެއް ހޯދުން
މިސްކޫލްގެ ކެންޓީން ހިންގައި ދޭނެފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރ: GS43-B/2019/24 (އޭޕްރީލް 29, 2019) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަނާޅާތީ ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަވްޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖުލައި 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
24 ޝައްވާލް 1440
27 ޖޫން 2019