ދެންނެވުން
ނަންބަރު: (IUL)426-AB/426/2019/205
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 01 ޖުލައި 2019 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ އިން 2002 ވަނަ އަހަރު ދޫކުރެވި ހަވާލުނުކުރެވި ހުރި ގޯތިތައް ދޫކުރުމާއިބެހޭ

އިޢުލާން

އައްޑޫސިޓީ އިން 2002 ވަނަ އަހަރު ދޫކުރެވި ހަވާލުނުކުރެވި ހުރި ގޯތިތައް 01 ޖުލައި 2019 އިން ފެށިގެން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަހައްދުގެ ރަތްވިލާ ހިނގުމުން ފެށިގެން ދެކުނަށްގޮސް ކަނބިހާ މަގާއި ހިސާބަށް އައްސޭރިމަގާއި ރާވެރިކަލާ މަގާއި ދެމެދުގައި ހުރި ގޯތިތަކެވެ.

މި ގޯތިތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގެ މަގުތައް ހަދާ ސާރވޭކުރުމަށްފަހު މި ސަރަހައްދުގެ އުތުރުން (ރަތްވިލާ ހިނގުން) ފެށިގެން ލިސްޓްކުރެވިފައިވާ ތަރުތީބުންނެވެ. އަދި ގޯތިތައް ހަވާލުވާ ފަރާތްތަކަށް ހިތަދޫ އަވަށުއޮފީހުން އަންގަވަމުން ގެންދާނެ ކަމުގައިވެސް ދެންނެވިމެވެ.

------------------------------------

23 ޝައްވާލް 1440

27 ޖޫން 2019