ދިވެހިރާއްޖެ
ނަންބަރު:362/362/2019/8 (IUL)
އިޢުލާނު
|
||
ޕްލޭނިންގ އޮފިސަރ |
މަޤާމް: |
|
J-309815 |
މަޤާމުގެ ނަންބަރު: |
|
1 |
ބޭނުންވާ އަދަދު: |
|
ދާއިމީ |
މަޤާމުގެ ގިންތި: |
|
MS1 |
މަޤާމުގެ ރޭންކް: |
|
ޓެކްނިކަލް އޮފިސަރ، ގްރޭޑް1 |
މަޤާމުގެ ކްލެސިފިކޭޝަން: |
|
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
ސެކްޝަން: |
|
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ |
މަޤާމް އޮތް އޮފީސް: |
|
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|
5،610.00 ( ފަސްހާސް ހަސަތޭކަ ދިހައެއް ) ރުފިޔާ |
މުސާރަ: |
|
2،000.00 ( ދެހާސް ) ރުފިޔާ 700.00 ( ހަތްސަތޭކަ ރުފިޔާ ) |
ސަރވިސް އެލެވަންސް: ސަޕޯޓިންގ ކޯ އެލަވަންސް2: |
|
|
އިތުރު ޢިނާޔަތްތައް: |
|
1- ޢަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭންނަށް އަމާޒުކޮށް ކުރިޔަށް އޮތް 5 އަހަރަށް ތަރައްޤީގެ ޕްލޭން އެކުލަވާލުން. 2- ކޮންމެ އަހަރެއް ފެށުމުގެ ކުރިން ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ސެކްޝަންގެ ވެރިޔާގެ ލަފަޔާއި އެއްކޮށް ވޯކް ޕްލޭނެއް އެކުލަވާލުން. 3- ހެދިފައިވާ ޕްލޭންތަކުގައިވާ ގޮތަށް ކައުންސިލްގެ ހަރަކާތްތައް ކުރިޔަށް ދޭތޯ މޮނިޓަރ ކުރުމާއި ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ކައުންސިލްއަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުން. 4- ކައުންސިލްގެ ހުރިހާ ސެކްޝަންތަކުގެ ޕާފޯމަންސް މޮނިޓަރ ކުރުމާއި ކައުންސިލްގެ ޕްލޭނުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމައްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން 5- ކައުންސިލްގެ ވޯކްޕްލޭނުގައި ކަނޑައެޅިފައިވާ މަސައްކަތާއި އަދި ޖެމްސް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ހުށަހެޅޭ ކަންތައްތައް ބަރާބަރަށް އޮންނަ ޑެޑްލައިންތަކުގައި ނިންމަމުން ދޭތޯ ބެލުމަށްޓަކައި މޮނިޓަރިންގ ޓޭބަލްއެއް ތައްޔާރުކޮށް ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 6- ރަތްމަންދޫގައި ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި ޕްލޭންތައް ހެދުމާއި އަދިވެސް އިޤްތިޞާދީ އެހެނިހެން ހަރަކާތްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޕްލޭންތައް ތައްޔާރުކުރުން. 7- ޕްލޭންތައް ތައްޔާރުކުރުމުގައި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް ދެމެހެއްޓެނިވި ތަރައްޤީއެއް ގެނެވޭނެގޮތަށް ޕްލޭންތައް ބިނާކުރުން. 8- ކައުންސިލުން ހަދަންޖެހޭ ޤަވާއިދުތައް ލީގަލް ޑިޕާރޓްމަންޓްގެ ލަފަޔާއެކު ހަދައި ފާސްކުރުމަށްޓަކައި ކައުންސިލްއަށް ހުށަހެޅުން 9- ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ބެލެހެއްޓުން. 10ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު ކޮންމެ 2 މަހަކުން ރައްޔިތުންނާ ޙިއްސާކުރުން. 11- އިދާރާއިން ކުރާ އެންމެހާ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރޮކޮށްދިނުމާއި ޚާއްސަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައް ކުރުން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
1. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
މަޤާމުގެ ޝަރުޠުތައް: |
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި އިންޓަވިއު އިން ލިބޭ މާރކްސް އަށް ބަލައިގެން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައާޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ދިވެހިރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ 7 . ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: ހ. ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާއެއްގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ށ. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ވަޒީފާ އަށް އެންމެ ޤާބިލު މީހާ ހޮވުމުގައި ބަލާނީ ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުގައިވާ ގައިވާ ގޮތުގެމަތިން ތިރީގައިމިވާ ކަންތައްތަކަށެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެދޭ ފޯމު މިއިދާރާ (މ.ރަތްމަންދޫ ކައުންސިލްގެ އިދާރާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިންވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މ.ރަތްމަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 6720602 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖުލައި 2019 އާއި 23 ޖުލައި 2019 އާ ދެމެދު، މ. ރަތްމަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:
|
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720602 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6720602 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
|
24 ޝައްވާލް 1440
27 ޖޫން 2019