މަސައްކަތް
ނަންބަރު: (IUL)247-CA/247/2019/46
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 09 ޖުލައި 2019 11:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖުމަންޓް ސޮފްޓްވެއަރ ހޯދުމާއި ގުޅޭ

އިޢުލާން

ހޯރަފުށީ ކައުންސިލްގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖުމަންޓް ސޮފްޓްވެއަރހޯދުމާއި ގުޅޭ

              މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހިއުމަން ރިސޯސް މެނޭޖުމަންޓް ސޮފްޓްވެއަރ ތައްޔާރުކޮށްދޭނެ ނުވަތަ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

04 ޖުލައި 2019

ބުރާސްފަތި

11:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

09 ޖުލައި 2019

އަންގާރަ

11:30

              މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. އެސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

             24 ޝައްވާލް 1440

27 ޖޫން 2019