މަސައްކަތް
ނަންބަރު: (IUL)280-PRO/INDIV/2019/29
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 03 ޖުލައި 2019 13:30
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ ފެންސު ނެގުން

މިރަށު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ ފެންސު ނަގައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރައިގެ ނަންބަރ (IUL)280-PRO/PRIV/2019/1 (10 ޖޫން 2019) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އިޢުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، ފުޓްބޯޅަ ދަނޑުގެ  ވަށައިގެންވާ ފެންސު ނެގުމަށް މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ،  މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

24 ޖޫން 2019