ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/INDIV/2019/18
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި:
28 ޖޫން 2019 23:59
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަތޮޅު މުބާރާތަށް ޕްރެކްޓިސްކުރަން ވަގުތީ ކޯޓް އަޅާ ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުން
މިރަށު އިރުމަތީކޮޅު ހިއްކި ބިމުގައި މިނިވަންދުވަހާ ގުޅިގެން ބާއްވާ އަތޮޅު މުބާރާތަށް ޕްރެކްޓިސްކުރުމަށް ވަގުތީ ކޯޓު އަޅާ ބިން ހިމެނޭ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއްވާނަމަ 28 ޖޫން 2019 ވާ ހުކުރުދުވަހުގެ ނިޔަލަށް އެތަކެތި ނަގާ ނިންމުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ މިސަރަހައްދުގައި ހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން ނަގާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.
26 ޖޫން 2019