މަސައްކަތް
ނަންބަރު: (IUL)387/387/2019/37
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 1401
ސުންގަޑި: 11 ޖުލައި 2019 1100
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކަނޑޫދޫ ބަނދަރު ސަރަހައްދު ޕާކެއް އައުޓްޑޯ ޖިމަކާއެކު ތަރައްގީކޮއްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކޮޅުމަޑުލު ކަނޑޫދޫ ބަނދަރު ސަރަހައްދު ޕާކެއް

އައުޓްޑޯ ޖިމަކާއެކު ތަރައްގީކޮއްދޭނެ ފަރާތެއް ހޯދުން

     މިރަށު ބަނދަރާ ކައިރި ހިސާބަކުން 10000 އަކަފޫޓްގެ ބިމެއް ވިޔާފާރިއާ އެހެނިހެން ސިނާއީ މަސައްކަތްތައް ކުރުމަށް އަގަކާނުލައި 3 އަހަރުގެ މުއްދަތައް ދިނުމުން މިރަށު ބަދަރުމަތީ ޕާކެއް އައުޓްޑޯ ޖިމަކާއެކު ތަރައްގީކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުންތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށްވަޑައިގެން މަޢުލޫމާތުސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހުށަހެޅުމަށްދުރުވާ ފަރާތްތަކުން، އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2 ޖުލައި 2019 (އަންގާރަ) ދުވަހުގެ 11:00 އަށް

11 ޖުލައި 2019 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

      އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައިނުގަންނަވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 23 ޝައްވާލް 1440

                 26  ޖޫން   2019

2019-06-26