ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/430/2019/25
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 04 ޖުލައި 2019 02:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާން

 

                          މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅިގެން މި އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ނާވިލު ލިޔުމުގެ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތު ބައްދަލުވުން ބޭއްވުމުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުމެވެ.

މަސައްކަތު ބައްދަލުވުމުގެ މުއްދަތު:  1 ދުވަސް

 

                         ވީމާ މި މަސައްކަތު ބައްދަލުވުމުގައިބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ   14:00 ގެ ކުރިން މި އެކެޑަމީއަށް ފޯމު ހުށައެޅުން އެދެމެވެ. މި މަސައްކަތު ބައްދަލުވުމުގައިބައިވެރިވުމަށްއެދި ހުށައަޅާ ފޯމު މި އެކެޑަމީން ލިބެންހުންނާނެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވެން ހުންނާނެއެވެ. އަދި މި މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 އާއެވެ.

26 ޖޫން 2019