ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2019/31
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 04 ޖުލައި 2019 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
10 މީޓަރުގެ އެންޓަނާއެއް ޖެހުން

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫޢެއްގައި، މި ރަށުގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)330-B/330/2019/28  (22019.06.18) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރަމެވެ. ވީމާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ ކުރެހުމާއި އަދި އެ ފަރާތުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެންޓަނާ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ފައުންޑޭޝަން އެޅުމާއި، ރަށުގެ ބަނދަރުން ފެށިގެން އެންޓަނާ ހަރުކުރުމަށް ހަމަޖެހިފައިވާ ތަނަށް އެންޓާނާއާއި އެއާގުޅޭ އާލާތްތައް ގެންގޮސް، އެންޓަނާ ހަރުކުރުމުގެ މަސައްކަތް ކުރެވޭނެ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. މި މަސައްކަތާގުޅޭ ކުރެހުންތަކާއި މުހިންމު މަޢުލޫމާތު ކަރުދާހެއް މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

26 ޖޫން 2019

26 ޖޫން 2019