މަސައްކަތް
ނަންބަރު: (IUL)268/2019/20
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 04 ޖުލައި 2019 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ތަރަށްޤީކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

         މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކް ތަރަށްޤީކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 04 ޖުލައި 2019 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 11 ޖުލައި 2019 ވާ ބުރާސްފަތިދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

މަސައްކަތުގެ އަގު

65%

  •  ޙިދުމަތުގެ އަގަށްދެވޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްގަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

15%

  •  މަސައްކަތް ނިންމާނެ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތު ތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަކެތި ފޯރުކޮށްދޭނެ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

ތަޖުރިބާ

10%

  •  މަސައްކަތާއި ގުޅޭ ދާއިރާގައި އެންމެ ގިނަދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓް ތަކަށް ދެވޭ މާކްސް
  •  މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތާއިގުޅޭ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތްތަކަށެވެ.

( Submitted experience duration /Benchmark experience duration)  x Allocated Percentage

އާފްޓަރ ސޭލްސަރވިސް

10%

  • ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދެވޭ މުއްދަތަށް ދެވޭ މާކްސް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން އާފްޓަރ ސޭލްސަރވިސްގެ ގޮތުގައި އެންމެ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.

(Benchmark After Sale Service Period /  After Sale Service Period) x Allocated Percentage

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޖޫން 2019