ދިވެހިރާއްޖެ
މަގާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަގާމުގެ ނަންބަރު: |
J-285001, J-285002 |
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
ޖީ.އެސް -3 |
މަގާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
ސަޕޯޓް ސަރވިސް ޔުނިޓް |
އޮފީސް: |
މިނިސްޓްރީ އޮފް ޑިފެންސް |
ވަޒީފާއަދާކުރަންޖެހޭ ތަން: |
ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް |
މުސާރަ: |
4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,500.00 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް |
700.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 5- ވަޒީފާއަށް ނުކުންނަ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކު -/60 ރުފިޔާ |
މަގާމުގެ ޝަރުތުތައް: |
1- ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1. އީ ގަވަރމަންޓް މެދުވެރިކޮށް އަންނަ ލިޔެކިއުންތައް ނެގުމަށްފަހު އެންޓްރީކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އީ ގަވަރމަންޓް މެދުވެރިކޮށް އެކިފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އޮފީހުން އިންތިޒާމްކުރާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ކަންތައް ހިންގާ ބެލެހެއްޓުމާއި، އޮފީހުގެ ޑޭޓާބޭސް ލިޔެ ތައްޔާރުކޮށް ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. އަދި މީގެ އިތުރުން މުވައްޒަފުންގެ ހާޒިރީއާގުޅޭގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން. |
މަގާމު: |
މަސައްކަތު |
މަގާމު ނަންބަރު: |
J-283699 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
ގިންތި |
ދާއިމީ |
މަގާމުގެ ރޭންކް |
އެސްއެސް 3 |
މަގާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
ސެކްޝަން |
ސަޕޯޓް ސަރވިސް ޔުނިޓް |
އޮފީސް |
މިނިސްޓްރީ އޮފް ޑިފެންސް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް |
މުސާރަ |
3,875.00 ރުފިޔާ |
ސަރވިސް އެލަވަންސް |
1,000.00 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް |
1,200.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 5- ވަޒީފާއަށް ނުކުންނަ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކު -/60 ރުފިޔާ |
މަގާމުގެ ޝަރުތު |
1- މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ގްރޭޑް 7 ނިންމާފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1- އޮފީސް ފޮޅާ ސާފުކުރުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެފަރާތްތަކަށް ރައްދުކޮށްދިނުމާއި، އެކިއެކި ބައްދަލުވުންތަކުގައި މެހުމާންދާރީ އަދާކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް) އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަޒީފާ 1- ތަޢްލީމަށް (ކަނޑައަޅާފައިވާ އިންސައްތަ %35) 2- ތަމްރީނަށް (ކަނޑައަޅާފައިވާ އިންސައްތަ %5) 3- ސިވިލް ސަރވިސްއަށްވަނުމަށް ދެވޭ އިމްތިޙާނަށް (ކަނޑައަޅާފައިވާ އިންސައްތަ %5) 4- ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ 10) 5- މަސައްކަތުގެ ހުނަރަށް (ކަނޑައަޅާފައިވާ އިންސައްތަ %45) މަސައްކަތު ވަޒީފާ 1- ތަޢްލީމަށް (ކަނޑައަޅާފައިވާ އިންސައްތަ %21) 2- ތަމްރީނަށް (ކަނޑައަޅާފައިވާ އިންސައްތަ %5) 3- ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ %26) 4- މަސައްކަތުގެ ހުނަރަށް (ކަނޑައަޅާފައިވާ އިންސައްތަ %48) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ، (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 9 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. |
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު: |
މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖުލައި 15 އާއި 2019 ޖުލައި 24 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން: |
މި މަގާމުތަކުގެ ތެރެއިން އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 15 ފަރާތް އަދި މަސައްކަތު މަގާމަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީފެންވަރާއި ތާޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތީން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި މަގާމުތަކުގެ ތެރެއިން އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %45 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ. އަދި މަސައްކަތު މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %35 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ 3313724، 3322601 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
23 ޝައްވާލު 1440