މަސައްކަތް
ނަންބަރު: (IUL)179-3.2/1/2019/19
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 15 ޖުލައި 2019 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާކެޓިން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން

 

މާކެޓިން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން 

މި އޮތޯރިޓީއަށް މާކެޓިންގ ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެގެން 23 މެއި 2019ގައި ކުރި އޮތޯރިޓީގެ ނަންބަރު: (IUL)179-3.2/1/2019/16  އިޢުލާނުގައިވާ ޓާމްސް އޮފް ރެފަރެންސްގައި އިދާރީ މައްސަލައެއް ފާހަގަކުރެވިފައިވާތީ މި އިއުލާން ބާޠިލުކޮށް، މާކެޓިންގ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް، އަލުން އިއުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖުލައި 2019 ވާ ހޯމަ ދުވަހު 14:00ގެ ކުރިން  ޓެކްނިކަލް ޕްރޮޕޯސަލް އާއި ފައިނޭންޝަލް ޕްރޮޕޯސަލް، ބަންދުކޮށްފައިވާ ވަކި ދެ ސިޓީއުރައިގައި ތިރީގައިވާ އެޑްރެހަށް  ބިޑް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅާފައިވާ ބިޑްތައް ހުޅުވުން އޮންނަނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހު 14:00 ގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ ގައެވެ.    

މިއިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު (ޓަރމްސް އޮފް ރިފަރެންސް)  އޮތޯރިޓީގެ ވެބްސައިޓްގެ މި https://bit.ly/2X5H8pB

ލިންކުން ލިބެންހުންނާނެއެވެ. 

ބިޑް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

22 ޝައްވާލް   1440

25  ޖޫން    2019

 

 

  

26 ޖޫން 2019