މަސައްކަތް
ނަންބަރު: (IUL)412/412/2019/26
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 09 ޖޫން 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިކައުންސިލުން ދޭ މަޢުލޫމާތާއި، ކުރެހުމާއި، އެއްގޮތަށް  ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL-412/412/2019/21 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖުލައި 2019 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމައްފަހު 09 ޖުލައި 2019 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު އޮންނަ ގަޑައަށް ޙާޒިރު ނުވާ ފަރާތްތަކާއި އަނދާސީ ހިސާބު ބަލައިގަތުމަށް ބަޔާންކޮއްފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ޙިސާބް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުދޭ ބައްދަލުވުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކުންފުނި، ޕާރޓްނާރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި އާއި ޖަމުޢިއްޔާ ޖަމާއަތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

25 ޖޫން 2019

25 ޖޫން 2019