ދިވެހިރާއްޖެ
މިރަށު ޖެޓީގެ އުތުރުން ހިރިހަކަތަ ތެޔޮފިހާރަކައިރިން އައިސްޕްލާންޓް ބަހައްޓައިގެން އައިސްވިއްކުމުމުގެ މަސައްކަތްކުރުމަށް ބިމެއް ކުއްޔަށް ދޫކުރާގޮތަށް މިކައުންސިލުން ނިންމާފައިވާތީ މިބިން ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކުން ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިފީމެވެ.
- · ބިންދޫކުރާ މުއްދަތު : 10 އަހަރު
- · ބިމަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގު: އަކަފޫޓަކަށް -/15 ރ ( ފަނަރަ ލާރި )
- · ބިންދޫކުރާ ބޭނުން: އައިސްޕްލާންޓް ބަހައްޓައިގެން އައިސްވިއްކުން. މިބިމުގައި އައިސްވިއްކުން ފިޔަވައި އެހެން މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.
- · މިބިޑްގައި ބައިވެރި ނުވެވޭނެ ފަރާތްތައް: މިބިޑްގައި 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރި ނުވެވޭނެއެވެ.
- · ބިޑަށް ޕޮއިންޓް ދެވޭނެގޮތް: ބިޑަށް ޕޮއިންޓް ދެވޭނެގޮތުގެ ތާވަލެއް މާއުލޫމާތު ފޯމާއެކުގައި ދެވޭނެއެވެ.
- · މާއުލޫމާތު ފޯމް ދޫކުރާތަނާއި،ދުވަހާއި ގަޑި : 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11.00ގައި ހިރިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި.
- · ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ތަނާއި،ދުވަހާއި ގަޑ: 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11.00ގައި ހިރިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި.
މިބިޑަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި މަޢުލޫމާތު ނުނަންގަވާ ފަރާތްތަކުން ހުށަހަޅާ ބިޑް ބަލައިނުގަންނާނެވާހަކަ ދަންނަވަމެވެ.
މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު އެފަރާތަކީ ކާކުކަން އެނގޭފަދަ ރަސްމީލިއުމެއް ގެންނަންވާނެއެވެ. އަދި ކުންފުންޏެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރައްވާނަމަ، ކުންފުނިތަމްސީލްކުރާ ފަރާތުގެ ސިޓީއާއި ،އަދި ބިޑްހުށަހަޅަންބޭނުންވާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީ ގެންނަވަން ވާނެއެވެ.
މަޢުލޫމާތުފޯމް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑީގަ އާއި ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަޑިޖެހިގެން ޙާޟީރުވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެއެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780032 ނަންބަރު ފޯނާއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.