މަސައްކަތް
ނަންބަރު: (IUL)GS-152-A/PRIV/2019/12
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 21:25
ސުންގަޑި: 30 ޖޫން 2019 12:30
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްޓާފް ފާހާނާ އިމާރާތް ކުރުމާއި ސްޓާފް ރޫމް ބޮޑުކުރުމާއި ކަބަޑު ސެޓް ޖެހުން

  1. އަމިއްލަ ތަކެތީގައި، ސްޓާފް ފާހާނާ އިމާރާތް ކުރުމާއި ސްޓާފް ރޫމް ބޮޑުކުރުމާއި ކަބަޑު ސެޓް ޖަހާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވުނު ނަންބަރު (IUL)GS-152-A/PRIV/2019/9 (29 އެޕްރީލް 2019) އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކުގެ އަގު މާ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލް ކޮށް 3 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 24 އިން 2019 ޖޫން 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 06:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 30 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
  5. ބިޑް ހުޅުވުން 4 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަތިވެރި ސްކޫލް

އއ. މަތިވެރި

ފޯން: 6660816

އީމެއިލް: [email protected]

21 ޝައްވާލް 1440

24 ޖޫން 2019

24 ޖޫން 2019