ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/405/2019/21
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 30 ޖޫން 2019 00:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ކޮށުމާއި މަގުތަކުގައިވާ ތަކެތި ނެގުމާއި ބެހޭ

 

އިޢުލާން

 

މަގުތައް ކޮށުމާއި މަގުތަކުގައިވާ ތަކެތި ނެގުމާއި ބެހޭ

 

ލ.ކުނަހަންދޫގައި މީހުންދިރިއުޅޭ ސަރަޙައްދު މަގުތަކަށްއަރާ ގަސްތަށް ކޮށާ، އަދި މަގަށް އަރާ ތަކެތި ނަގާ ސާފު ކުރުމަށްބޭނުންވާތީ އެގެއެއްގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި މަގުމަތިން ނަގާ މަގު ސާފްކޮށް ބާއްވާދެއްވުން އެދެމެވެ.

ވީމާ ރަށުގެ މަގުތަކުގައިވާ އެންމެހާތަކެތި 30 ޖޫން 2019 ވަނަ ދުވަހުގެ ކުރިން މަގުތަކުންނަގާ މަގު ސާފުކޮށްދެއްވުން އެދެމެވެ. އަދި މަގުތައް ސާފުކުރުމަށް ކޮންޓެކްޓަރެއް ހޯދުމަށް އިޢުލާން ކުރެވިފައިވާތީ 30 ޖޫން 2019 ވަނަ ދުވަހުން ފެށިގެން އެ މަސައްކަތް ހަވާލްކުރެވި މަގުތަކުގައިވާ އެންމެހާތަކެތި ކުނިއަޅާ ސަރަހައްދަށް ގެންދެވޭނެއެވެ. އަދި ތަކެތި ނަގައިގެން ގެންދާގެންދިއުމުގައި ވާ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން އަދި ކޮންޓްރެކްޓަރުން އެއްވެސް ޒިއްމާއެއް ނޫފުލޭނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކާ ދެންނެވީމެވެ.

ވީމާ ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.

 

24 ޖޫން 2019