މަސައްކަތް
ނަންބަރު: (IUL)254/254/2019/16
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 30 ޖޫން 2019 11:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޞަލާތުގެ ލައުޑް ސްޕީކަރ ނަގާފައިވާ ހޮޅިދަނޑި މަރާމަތު ކުރުމާއި ގުޅޭ

                                                                           ނަމްބަރ: 254/254/2019/16/(IUL)

އިޢުލާން

 

މަސްޖިދުލް ޞަލާތުގެ ލައުޑް ސްޕީކަރ ނަގާފައިވާ ހޮޅިދަނޑި މަރާމަތު ކުރުމާއި ގުޅޭ

 

މިރަށު މަސްޖިދުލް ޞަލާތުގެ ލައުޑް ސްޕީކަރ ނަގާފައިވާ ހޮޅި ދަނޑި މަރާމާތުކޮށްދޭނެ  ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

 މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް  އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރެވޭނެއެވެ.  އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 07 ޖުލައި 2019 ވާ އާދިއްތަ ދުވަހު 11:00  އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

24 ޖޫން 2019