ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް: |
އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ |
މަޤާމް ނަންބަރ: |
J-309781 |
ބޭނުންވާ އަދަދު |
01 (އެކެއް ) |
މަގާމުގެ ގިންތި: |
ވަގުތީ ( 02 އަހަރު ) |
ރޭންކް: |
ޖީ . އެސް 03 |
ކްލެސިފިކޭޝަން : |
އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދަކުރަން ޖެހޭ ތަން |
މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ |
ޑިވިޜަން: |
މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓިވް އެފެއާޒް |
ޔުނިޓް: |
ކޯޕަރޭޓިވް އެފެއާޒް ޔުނިޓް |
މުސާރަ: |
4465.00 ރުފިޔާ |
ސާރވިސްއެލަވަންސް: |
1500.00 ރުފިޔާ |
ސަޕޯޓިނގް ކޯ އެލަވަންސް |
700.00 ރުފިޔާ |
އުޖޫރަ އާއި އިނާޔަތްތައް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
01–ކައުންސިލް އިދާރާއަށާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދާ ކަނޑައެޅޭ ތާރީޚްތަކަށް ފޮނުވާ ބެލެހެއްޓުން. 02–ހިނގަމުންދާ މަޝްރޫޢުތަކުގެ ރިޕޯޓް ޤަވާއިދުންހަދާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވާ ބެލެހެއްޓުން. 03–ރަށުކައުންސިލުން އެކުލަވާލާ އަތޮޅުކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭންނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒްކުރުމަށް ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ތަންފީޒުކުރުން. 04–ކައުންސިލުން ހިންގަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮޕޯޒަލް ތައްޔާރުކުރުން. 05–ކައުންސިލުން ހިންގާ އިޤްތިޞާދީ، އިޖުތިމާޢީ އަދި މިނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ވިލަރެސްކޮށް އެމަޝްރޫޢު އެއް ފެށިގެން ނިމެންދެން މެނޭޖްކޮށް ހިންގާ ބެލެހެއްޓުން. 06–ސެކްޝަން ނުވަތަ މުވައްޒަފުގެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި ފެކްސްކުރުމާއި ބައެއްކަހަލަ ލިޔުންތައް ފޯމެޓްކޮށް ބެލެހެއްޓުން.
07–އެކިއެކި ޕްރޮޖެކްޓްތަކަށް ފަންޑުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 08–އެމީހެއްގެ ޙާއްސަ ވާޖިބުތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޙާއްސަ ކަންކަމުގައި ބައިވެރިވުން. |
ތަޢުލީމާއި ތަޖްރިބާ : |
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް: |
ފަރުވާތެރިކަމާއި ސާފްތާހިރުކަމާއި އެކު ކަންކަން ކުރަން އެންގުމާއި މީހުންނާއި މުއާމަލާތު ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން. |
ފޯމް ހުށަހަޅަންޖެހޭ ތާރީޙާއި ވަގުތު |
ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެވެބްސައިޓުންwww.csc.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، މިއިދާރާއަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ[email protected] އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭލިޔުންތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތައުލީމް ދޭ ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ 6. ވަޒީފާގެ މަސައްކަތް ދައިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ، އަދާކޮށްފައިވާ، އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދަރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް. |
ވަޒީފާއަށްއެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ü ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %40 ü އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5 ü ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ü ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %45 ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމަލް %45 (ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއުކުރުން: |
މިމަގާމަށްމީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެމުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
މިއިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ +9606540043 ނަންބަރުފޯނާއެވެ. ފެކްސްނަންބަރަކީ +9606540043 އެވެ.
20 ޝައްވާލު 1440
23 ޖޫން 2019