މަޤާމް:
|
ހެލްތް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-283144
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށި
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށި
|
މުސާރަ:
|
5610.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
2500.00 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
700.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
|
ތައުލީމީ ރޮނގުތައް:
|
- ކޮމިއުނިޓީ ހެލްތު
- ނާސިންގ
- ޕްރައިމަރީ ހެލްތުކެއަރ
- ޕަބްލިކް ހެލްތު
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންގެ ސްކޫލް ހެލްތު ޕޮލިސީއާއި ހެލްތު ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ އަދި މިޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތު ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލުގައި ތަންފީޒުކުރުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑުތަކެއްގެ ހެލްތު ސްކްރީނިންގ ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް / ސިއްޙީ މަރުކަޒު) ގުޅިގެން ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ރިޕޯޓް ފޮނުވުން.
- ސްކޫލަކީ ހެލްތު ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކުރުމާއި، ބަރާބަރު ސްކޫލް އިންޑިކޭޓާސްގައި ހިމެނޭ "ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން"ގައި ހިމެނޭ ބައިތައް ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުން.
- ސްކޫލުގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލުގެ ވެރިން އަދި މުވައްޒަފުންނާ މަޝްވަރާ ކޮށްގެން އެކުލަވާލައި، އަހަރީ ޕްލޭން ސްކޫލުގެ މުވައްޒަފުންނާ، ބެލެނިވެރިންނަށް ހިއްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް (އެސްކިޑް) އަށް ފޮނުވުން.
- ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓު/ވެއިޓު) ބެލެހެއްޓުމާއ، ސްކޫލް ދަރިވަރުންނަށްދޭ ފަނީބޭސް/ވިޓަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
- ސްކޫލުގެ ފަސްޓް އެއިޑު އިކުއިޕްމެންޓްސްގެ އިންވެންތްރީ އަދި ހެލްތް ރޫމުގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ހެލްތު ރޫމުން ދޭ ޚިދުމަތްތައް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކުލާސް ޓީޗަރާއި ސްކޫލްގެ ވެރިންނާއި ގުޅިގެން އެހީތެރިވެދީ، އެފަދަ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން.
- ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
- ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ފަރުވާ (ފުރަތަމަ އެހީ) ދިނުމާއި، މިކަމާގުޅޭ އެންމެހާ ކަންތައްތަކުގެ ރިޕޯޓާއި ރިކޯޑް ބެލެހެއްޓުން.
- ސްކޫލުގެ ޓީޗަރުންނާއި ސްކޫލުގެ މަތީގްރޭޑުތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ޓްރެއިނިންގ ދެވޭނެ އިންތިޒާމު ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ހަމަޖެއްސުމާއި، ސކޫލުގައި މަދިރި ފަނި އާލާވާނޭ ތަންތަން ހުރިތޯބަލައި ޗެކްކުރުމާއި، ރަށުގައި ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެކަންކަން ބަލައި ސްކޫލުގެ ވެރިންނާއި ގުޅިގެން ފިޔަވަޅުއެޅުން.
- ސްކޫލުން ދަރިވަރުންނަށް ފޯރުކޮށްދޭ ފެނަކީ ޞިއްޙީގޮތުން ރައްކާތެރި ފެންތޯ ކަށަވަރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ސްކޫލުގައި ދަރިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު އެއްފަހަރު ސްކޫލުގެ ދަރިވަރުންގެ ފާޚާނާތަކުގެ ހާލަތު ބަލައި ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުން.
- ދަރިވަރުންގެ ފާޚާނާތަކުގެ އެއްވެސް އެއްޗެއް ހަލާކުވެފައިވާނަމަ އަދި ސާފުތާހިރުކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ އެކަމެއް ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ ސަމާލުކަމަށް ގެނައުން.
- ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކު ދާއިމީ ބައްޔަކަށް ފަރުވާ ނަގާތޯ ބެލުމާއި، އެފަދަ ދަރިވަރަކަށް ދާއިމީކޮށް ދޭންޖެހޭ ބޭހެއް ހުރިނަމަ، އަދި ސްކޫލުގައިއުޅޭ ގަޑީގައި މިފަދަ ބޭހެއް ދޭންޖެހިއްޖެނަމަ، އެދަރިވަރަކަށް ބެލެނިވެރިޔާގެ މެދުވެރިކޮށް އެބޭސް ދެވޭނެ އިންތިޒާމު ހަމަޖައްސައި ލިޔުމުން އެކަން ކަށަވަރުކުރުން.
- ސްކޫލުގައި ކެންޓީނެއް ހިންގާނަމަ، އެކެންޓީނަކީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން ކަށަވަރުކުރުމާއި، އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް އެންގުމާއި ކެންޓީނުން ލިބެންހުންނަ ކާނާއައީ، ބުއިންތަކަކީ ޞިއްޙީ ގޮތުން ރަނގަޅު އަދި ރައްކާތެރި ކާނާއާއި ބުއިންތައްތޯ ކަށަވަރުކުރުން.
- ކޮންމެ އަހަރަކު ސްކޫލުގައި ހިންގާ ސްކޫލް ހެލްތް ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓްތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ފޮނުވުން.
|
މަޤާމުގެ ޝަރުޠުތައް:
.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ، ޤާބިލްކަމާއި ސިފަތައް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019ޖުލައި 01 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޢަފީފުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 02 އާއި 2019 ޖުލައި 10 އާ ދެމެދު، ޢަފީފުއްދީން ސްކޫލު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
މަޤާމު
|
ޖުމްލަ އިންސައްތަ
|
MS1
|
30%
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6528041 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|