ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AD/460/2019/1
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 26 ޖޫން 2019 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަގާމު:

ޕްރޮގްރާމް އޮފިސަރ

މަގާމުގެ ރޭންކް:

ޖީ.އެސް.2

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ސެކްޝަން / ޔުނިޓު

 ޕްރޮގްރާމްތައް ހިންގުމާ ބެހޭ ބައި / އެވެއަރނަސް އެންޑް މީޑިއާ ޔުނިޓު

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި "އިނގިރޭސި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި،
  2. ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  3. ވާރކްޝޮޕްތަކާއި ޓްރޭނިންގތައް ރާވައި ހިންގުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުން
  4. މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވާރކްޝޮޕްތަކާއި ކޮންފަރެންސްތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުން.
  3. މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ކުރުން
  4. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  5. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.

-      ސަރވިސް އެލަވަންސް:    (މަހަކު): 3،000.00 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

-          ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހެދުމަށް އަހުލުވެރިވެފައިވާ މިންވަރު.

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-          ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

-          ދަތުރު ފަތުރު ކުރެވޭނެ މީހަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

-          އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

26 ޖޫން 2019 ވާ ބުދަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

20 ޝައްވާލު 1440

23 ޖޫން 2019