ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2019/82 : ނަންބަރ
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 27 ޖޫން 2019 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

އިޢުލާން

ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

  މިކުންފުންޏަށް ބ.އޭދަފުށީން ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ކުރި ADMHR-MPL/2019/38 (25 ފެބްރުއަރީ 2019) ވަނަ ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ތިރީގައިމިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 27 ޖޫން 2019ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކުންފުނީގެ ބ.އޭދަފުށީ ޕޯސްޓް  ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 27 ޖޫން 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން ހުށައަޅުއްވާ އިޢުލާންތައް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  ބ.އޭދަފުށި 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން)

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30                           

            

                               20 شوّال 1440

                               23 ޖޫން 2019

 

23 ޖޫން 2019