ދިވެހިރާއްޖެ
އިޢްލާން
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 02
މުސާރަ: 3100.00 ރުފިޔާ
ސާރވިސް އެލަވަންސް: 1000ރުފިޔާ
އަދި މީގެ އިތުރުން ބަންދުދުވަހުގެ ފައިސާ އާއި މަސައްކަތަށް ނުކުންނަ ކޮށްމެ ދުވަހަކަށް ރިސްކް އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން
ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް
ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖް ކުރާ މަރުކަޒު
މަޤާމުގެ އަސާސީ ޝަރުތުތައް:
- އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
- ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތު ކޮށްދިނުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- · ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އަނގޮޅިތީމް ކުނި ނައްތާލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓް ކުރުމާއި އެތަކެތި ވަކި ކުރުން
- · ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި ކުނި ނައްތާލާ މަރުކަޒަށް ގެންދިއުން
- · ކުނި ރިސައިކަލް ކުރުމާއި ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް
- · ގޭގެއިން ކުނި ނެގުމުގެ މަސައްކަތް
- · ކުނި ނައްތާލާ މަރުކަޒާއި ވަށައިގެންވާ ސަރަޙައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން
- · ރ. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް
- · ކުނި ނައްތާލުމާއި ގުޅުންހުރި އެހެނިހެން ކަންކަން
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން 10%
- މަސައްކަތުގެ ތަޖްރިބާ 20%
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން ސާބިތު ކޮށްދިނުން 70%
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:
- · މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 01 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފުނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 02 ޖުލައި 2019 އާއި 11 ޖުލައި 2019 އާއި ދެމެދު މި ކައުންސިލް އިދާރާގައެވެ.