ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 372-A1/372/2019/17
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 23 ޖުލައި 2019 00:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

               

                  މަގޫދޫ ބަންޑާރަބިމުން ގޯތި ދޫކުރުމަށް ކުރެވުނު މިޢިދާރާގެ ނަންބަރ:  (14-07-2016) 372-B1/2016/28  އިޢުލާން ބާތިލުކޮށް އަލުން އިޢުލާނުކޮށްގެން ގޯތިދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއިދާރާއަށް އަންގާފައިވާތީ، އެ އިޢުލާނާއި، ހުށައެޅުނު ހުރިހާ ފޯމްތައް ބާތިލުކޮށް، ފ. މަގޫދޫ ބަންޑާރަބިމުން ގޯތި ބޭނުންވާ ފަރާތްތަކަށް  ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓޫގެ 52 ގޯއްޗެވެ.

                  ވީމާ ގޯއްޗަށް އެދޭ ފަރާތްތަކުން ގޯއްޗައް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު 2019 ޖުލައި 23 ވަނަދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ގޯއްޗައް އެދޭ ފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:30 ށް މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. ފޯމެއްގެ އަގަކީ -/5ރ އެވެ.

                  މި އިޢުލާނާއެކު ގޯތި ދިނުމުގެ އުސޫލުވެސް އާންމު ކުރަމެވެ. މި ޢުސޫލާއި އިޢުލާން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިޢިދާރާގެ ނަންބަރ 6740014 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                  ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            17 ޝައްވާލް 1440     

20 ޖޫން  2019

20 ޖޫން 2019