ވަޒީފާގެ ފުރުޞަތު
ނަންބަރު: A/IUL/344/2019/23
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 02 ޖުލައި 2019 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ މަސްޖިދުލް ޣުފްރާން މިސްކިތަށް މަސައްކަތު މަޤާމަށް 2 މުވައްޒަފުން ހޯދުމަށް

ނަންބަރު:A/IUL/344/2019/23

 

އިޢުލާން

މަޤާމް

މަސައްކަތު

މަޤާމުގެ ނަންބަރު

J-308985, J-308986

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ފެރިދޫ މަސްޖިދުލް ޣުފްރާން މިސްކިތް

އޮފީސް ޔުނިޓް

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ

3100.00ރ

ސަރވިސް އެލަވަންސް

1000.00ރ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް 1: 1200.00ރ އަދި އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

މަޤާމުގެ މައިގަނޑު މަޞްއޫލިއްޔަތުތައް

 

  1. ފަރުޟު ފަސް ނަމާދު ވަގުތުގެ 15 މިނިޓް ކުރިން ޙަވާލުވެފައިވާ މިސްކިތަށް ހާޒިރުވެ، މިސްކިތް ފޮޅައި ސާފުކޮށް ފަންކާ ޖަހައި ހޮޅިބުރި ދިއްލާ މިސްކިތް ތައްޔާރުކޮށް ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި ކޮށް ނިމުމުން 15 މިނިޓް ހޭދަކުރުމަށްފަހު މިސްކިތުން ފޭބުމުގެ ކުރިން ބޭނުންކުރާ ހޮޅިބުރި، ފަންކާ ފަދަ ތަކެތި ނިވާލުން
  2. މިސްކިތްފޮޅާސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން
  3. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީ ފަޅި ކުނިކަހާ ބެލެހެއްޓުން
  4. މިސްކިތު ވަޅުދިޔަ ހިއްކުން
  5. ބޯފެން ތާނގީތައް، މިސްކިތު ފުރާޅު އަދި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
  6. މިސްކިތުގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން
  7. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން

ޝަރުތު

  1. ލިޔަންކިޔަން އެގުން.

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން      ބޭރުގެ  މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ                                                

8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:                                   

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ     އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

26

 

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

 

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

 

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100

 

                   
  • މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްސައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އެޕްލިކޭޝަން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމްތަކަށް ކުރިމަތިލާފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 07 ޖުލައި 2019 އާއި 11 ޖުލައި 2019 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660545 އަށް ގުޅުއްވުން އެދެމެވެ.

                                17 ޝައްވާލް 1440

20 ޖޫން 2019