ދިވެހިރާއްޖެ
މަޤާމް :ޓީޗަރ (ޕްރީ ސްކޫލް) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
`
ފީވަކު ސްކޫލް ފީވައް، ދިވެހިރާއްޖެ ތާރީޚް: 18 ޖޫން 2019 ނަންބަރު:GS-108/MIS/2019/15
ވަޒީފާގެ ފުރުޞަތު
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
އިތުރު އިނާޔަތް 1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް 2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
(1) ޙަވާލު ކުރެވޭ ތާވަލާއި އެއްގޮތަށް ކްލާސްތަކަށް ހާޟިރުވެ ސްކީމް އޮފް ވޯކްގައި ވާގޮތަށް މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާޞިލްކޮށްދިނުން. (2) ދަރިވަރުންގެ މަސައްކަތްތައް ރެގިއުލާކޮށް ޗެކްކުރުމާއި ބިނާކުރުވަނިވި ފީޑްބެކް ދިނުން. (3) ދަރިވަރުންނަށް ޙާޞިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރެކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާ ޙިއްސާކުރުން. (4) ކިޔަވައިދިނުމާއި ގުޅޭގޮތުން ސުޕަވައިޒަރާއި ހަވާލުކުރަންޖެހޭ އެންމެހާ ތަކެތި ( ސްކީމް އޮފް ވޯކް، ލެސަންޕަލޭން، މާކްޝީޓް ފަދަ) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހަވާލުކުރުން. (5) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ސްކޫލްކުދިންގެ ޤަވާޢިދުތަކާއި ސްކޫލްގެ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.
(6) ހަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފް ގަޑުތަކަށް ގަޑިއަށް ހާޟިރުވެ ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ފިލާވަޅުކުރިއަށް ގެންދިއުން.
(7) ހަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން. (8) ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން.
(9) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޔަވާ އެހެން ހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން.
(10) ދަރިވަރުންގެ ތަޢްލީމާއި ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލާކޮށް) މަޢްލޫމާތު ޙިއްސާކުރުން. (11) ފިލާވަޅުތަކާއި ގުޅޭގޮތުން ކްލާސްރޫމްގައި ޑިސްޕްލޭ ކުރުން.
(12) ސްކޫލުން އިންތިޒާމްކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ހާޟިރުވުން.
(13) ސްކޫލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލްކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
(14) ސްކޫލްގެ ހުރިހާ ވަޞީލަތްތައް ( ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ ) ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުން ކުރުން. (15) ސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއްއުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
(16) ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއި، ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.
(17) ސްކޫލަކީ ސާފުތާހިރުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދަރިވަރުންލައްވާ މަސައްކަތް ކުރުވުން.
(18) ކްލަބް ޖަމްޢިއްޔާތަކާއި، ޔުނީފޯމް ޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމައަށޤ ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން.
(19) ދަރިވަރުންނާއި ބެލެނިވެރިންނާއި ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން.
(20) ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކުގައި ފުރިހަމައަށް ބައިވެރިވުން.
މަޤާމުގެ ޝަރުތު ، ރޭންކް، ކްލެސިފިކޭޝަން:
ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި ހަމަޖައްސާނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމަ އެވެ. 1- ޕްރީސްކޫލަށް ޚާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ މިޝަރުތުން ހަމަޖެއްސޭނީ (ސީ.އެސް 2-11 އަދި ސީ.އެސް 5-13 ) ގެ މަޤާމްތަކަށެވެ. 2- ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުތު ހަމަވުމާއެކު ، ތިރީގައިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވުން. - ޕްރީސްކޫލް ރޮނގުން ނުވަތަ އާލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން. ނުވަތަ؛ - ޕްރީސްކޫލް ރޮނގުން ނުވަތަ ޢާލީޗައިލްޑްހޫޑް ކެއަރ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ޕްރީސްކޫލް މަރްޙަލާއަށް 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެމުއްދަތުގައި މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.
މަޤާމުގެ ޝަރުތުތައް:
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު - މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީށ. ފީވަކު ސްކޫލުގެ އިދާރާއަށް - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖުލައި 01 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން - ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިސްކޫލްގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢްލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެ އެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
ހ. މިމަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2019 ޖުލައި 01 ން 2019 ޖުލައި 03 އާ ދެމެދުގެ ތާރީޚެއްގައި ފީވަކު ސްކޫލްގަ އެވެ.
ޝޯޓްލިސްޓް ކުރުން: ހ. މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ދިހަ ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ. ށ. މި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540543 ފޯނާ އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
|