ދިވެހިރާއްޖެ
1. މިސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 9 މެއި 2019 ގައި ކުރި އިއުލާނާއި ގުޅިގެން މިނިސްޓްރީއޮފް އެޑިޔުކޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާތީ، މިސުކޫލްގެ ނަންބަރ: IUL)GS63-AD/GS63/2019/13) އިއުލާން ބާތިލުކުރަން މިނިސްޓްރީން އެންގުމާއި ގުޅިގެން ދެންނެވިފައިވާ އިއުލާން ބާތިލުކޮށް މި ސުކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 20 އިން 2019 ޖޫން 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 26 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
4. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 30 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
5. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވޭމަންޑޫ ސްކޫލް ތ ވޭމަންޑޫ ދިވެހިރާއްޖެ
ފޯން: 6780564
އީ-މެއިލް: [email protected]
17 ސައްވާލް 1440
20 ޖޫން 2019