ވަޒީފާގެ ފުރުޞަތު
ނަންބަރު: GS16/IUL/2019/13
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 23:29
ސުންގަޑި: 02 ޖުލައި 2019 12:00
ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

ތާރީޚް:19 ޖޫން 2                                                  ނަންބަރ:    GS16/IUL/2019/06        

                                                                                  

 އިޢުލާނު

 

 

މަޤާމު:                ސްކޫލް ހެލްތު އޮފިސަރ

މަގާމު ނަންބަރ:           J-126408           

ކްލެސިފިކޭޝަން:          އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަގާމުގެ ގިންތި:           ދާއިމީ

ރޭންކް:               ޖީ.އެސް.4

މަސައްކަތް ހަމަޖެހިފައިވާ ތަން:   ސ.އަތޮޅުމަދަރުސާ  

ބޭނުންވާ ޢަދަދު:           01

މުސާރަ:               މަހަކު -/5610 ރ.

ސަރވިސް އެލަވަންސް:       މަހަކު  -/2000 ރ.

ސަޕޯރޓިން ކޯ އެލަވަންސް:     މަހަކު -/700 ރ.

ވަޒީފާއާއި ގުޅޭ ދާއިރާތައް:     ހެލްތް ސާރވިސް

ތައުލީމީ ރޮނގުތައް:         ކޮމިއިނިޓީ ހެލްތު، ޕްރައިމަރީ ހެލްތް ކެއާރ، ޕަބްލިކް ހެލްތް

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނަށް ޞިއްޙީ ޕްރޮގްރާމް ރާވައި ހިންގުން.

2. ސްކޫލުގެ ބޯފެނާއި ޢާންމު ސާފުތާހިރުކަން ބަލަހައްޓައި، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

3. ސްކޫލް ތެރޭގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން.

4. މަދިރިން ރައްކާތެރިވުމުގެގޮތުން މަދިރިބޭސް ޖެހުން.

5. ސްކޫލުގެ ހެލްތާ ގުޅޭ އިޖުތިމާޢީ ހަރަކާތް ހިންގުން.

6. ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންނަށް އަމާޒުކޮށް ފަސްޓްއެއިޑް ޓްރެއިނިންގތަކެއް ހިންގުން.

7. ޔުނިފޯރމް ހަރަކާތްތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ސެޝަންތައް ނަގައިދިނުން.

8. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލު އަދާކުރުން.

9. ސްކޫލްގައި ދަރިވަރަކަށް ބޮޑު ޞިއްޙީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކުރެވޭނޭ އިންތިޒާމު އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުން.

10. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ގަވައިދުން ދިނުމަށްފަހު، ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ކޮންމެ އަހަރެއް ނިމުމުން، ސްކޫލުގައި ހިންގުނު ހެލްތު ޕްރޮގްރާމާބެހޭ މަޢުލުމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

12. ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގެ މަސައްކަތްތައް ބަލާ ޗެކްކޮށް ކަމާއިބެހޭ ފަރާތަށް ރިޕޯޓު ފޮނުވުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، (ސިވިލް ސަރވިސްގެ ވެބްސައިޓް އަދި މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ސައްހަކަން ކަށަވަރުކުރެވިފައި ހުރި )

4- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

6- މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ  އިދާރާތަކުން   ދޫކޮށްފައިވާ  ލިޔުންތަކުގެކޮޕީ

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް  އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް  އަދާކުރި މުއްދަތާއި  ކުރި

     މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ  އިންސްޓިޓިއުޓެއްގެ  ނުވަތަ  އަމިއްލަ އިދާރާއެއްގައި  ވަޒީފާ

     އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު

     ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2019 ޖުލައި 2 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު

- މިމަ މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 3 ޖުލައި 2019 -  8 ޖުލައި 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި

އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6895679 ނަންބަރު ފޯނާ ގުޅުން އެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

19 ޖޫން 2019