ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2019/19
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 19 ޖޫން 2019 00:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު (IUL)14-E1/1/2019/18 : (16 ޖޫން 2019) އިޢުލާނާ ގުޅޭ

އިޢުލާން

 

 

            މި އޮފީހުގެ ނަންބަރު (IUL)14-E1/1/2019/18 : (16 ޖޫން 2019) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.

 

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިމްތިހާން 2019 ޖޫން 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  އިމްތިހާނަށް ހާޒިރުވާންޖެހޭ މީހުންނާއި ޓެސްޓް އޮންނާނެ ތަނާއި ގަޑި ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއޮފީހުގެ ނަންބަރު 3334250,3334150,3334192 ފޯނާ ގުޅުއްވުން އެދެމެވެ.  

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

 

16 ޝައްވާލް 1440

19 ޖޫން 2019

19 ޖޫން 2019