ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ނަންބަރު: GS43-A/2019/33
މަޤާމު: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-228560 |
ބޭނުންވާ ޢަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގރ 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޝަރަފުއްދީން ސްކޫލް / އައްޑޫ ސިޓީ، ދިވެހިރާއްޖެ |
މުސާރަ: |
3100.00 ރުފިޔާ (މަހަކު) |
ސަރވިސް އެލަވަންސް: |
1000.00 ރުފިޔާ (މަހަކު) |
އެހެނިހެން އެލަވަންސް : |
ސަޕޯޓިންގ ކޯ އެލަވަންސް: 1200.00ރުފިޔާ (މަހަކު) |
އިތުރު އިނާޔަތްތައް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ސްކޫލުގެ ގޯތިތެރެއާއި ގޯތީގެ ވަށައިގެންވާ މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. - ސްކޫލުގެ އޮފީސް އިމާރާތާއި ކްލާސްރޫމްތަކާއި އެހެނިހެން ރޫމުތަކުގެ ދޮރާއި ދޮރުފަތްތަކާއި އެތެރެ ފޮޅައި ސާފުކޮށް މޮޕްޖެހުން. - ސްކޫލުގެ އޮފީހާއި ސްޓާފްރޫމުގެ ފާޚާނާތަކާއި ކުދިންނަށް ޚާއްޞަކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. - ސްކޫލުގައި ހުރި ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން. - ސްކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސްކޫލުގެ ހޯލާއި ގޯތިތެރެ ތައްޔާރުކުރުން. - ސްކޫލުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއެކު، ގޯތިތެރޭގައިވާ ބިޔަގަސްތައް ކޮށައި ސާފުކުރުން. - ސްކޫލުގެ ގޯތިތެރޭގައި ވިނަހެދިފައިވާ ސަރަޙައްދުގައި ވިނަތައް ކޮށުން - ސްކޫލުގައި ހަރުކުރެވިފައިވާ ފަންކާތައް މަރާމާތުކުރުމާއި ސާފުކުރުން - ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއެކު، އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން. |
މަޤމުގެ ޝަރުޠުތައް: |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް : |
|
ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅާނީ 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޝަރފުއްދީން ސްކޫލްގެ އޮފީހަށެވެ. ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖޫން 2019 އާއި 02 ޖުލައި 2019 އާއި ދެމެދުގެ ތާރީޚެއްގައި ޝަރަފުއްދީން ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން : |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
35% |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6887030 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޝައްވާލް 1440
19 ޖޫން 2019