މަސައްކަތް
ނަންބަރު: GS111/2019/16
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 01 ޖުލައި 2019 13:00
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ވޯކްވޭ ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުން

މި ސުކޫލުގެ ނަމްބަރ GS111/2019/12 އިޢުލާނާއި ގުޅިގެން 3 ފަރާތުން ބިޑް ހުށަހެޅުމަށް ހާޟިރުނުވާތީ އަލުން އެ ފުރުސަތު ހުޅުވާލަމެވެ.         

1. މި ސްކޫލްގެ ވޯކްވޭހެދުމާއި ފެންހިންދާ ނިޒާމު ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 20 އިން 2019 ޖޫން 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 26 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 5. ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 01 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ހެނބަދޫ ސުކޫލް

     ނ. ހެނބަދޫ / ދިވެހިރާއްޖެ

     ފޯން: 6560571

     އީ-މެއިލް: [email protected]

19 ޖޫން 2019