ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ޓީޗަރެއް ހޯދުމަށް:
މިއިދާރާގެ ނަންބަރު (IUL)301-PJ/301/2019/22 03 ޖޫން 2019 އިޢްލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ ޕްރީސްކޫލް ޓީޗަރެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާން ކުރަމެވެ.
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (31 ޑިސެމްބަރ 2019 ގެ ނިޔަލަށް) (މަޤާމުގެ މަސައްކަތަށް ރަނގަޅު ނަމަ ކޮންޓްރެކްޓް އައު ކުރެވޭ ގޮތަށް)
ވަޒީފާ އޮތް އޮފީސް: ރ. އަނގޮޅިތީމް ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނާރސަރީ އަދި ބޭބީ ނާރސަރީ ކްލާސް / އަނގޮޅިތީމް ކައުންސިލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ނާރސަރީ އަދި ބޭބީ ނަރސަރީ ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމް |
މަޤާމުގެ ޝަރުޠު |
މުސާރަ |
ޕްރީ ސްކޫލް ޓީޗަރ |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ގްރޭޑް 10 ނިންމާފައިވުން. |
މަހަކު -/2000ރ |
މަޤާމުގެ ޝަރުޠާއި، މުސާރަ:
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ފާއިތުވި އަހަރުތަކުގައި ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2019 ޖޫން 26އާއި 2019 ޖުލައި 04 ކާއި ދެމެދު ، ރ. އަނގޮޅިތީމް ކައުންސިލް އިދާރާގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތީން ޕޮއިންޓް ލިބޭ 03 ފަރާތައް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ރާއްޖޭން ބޭރުގެ ނުވަތަ އެފިލިއޭޓެޑް ޕްރޮގްރާމެއް ނަމަ އެކްރެޑިޓް ކޮއްފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ)
ނ- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރަގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ކައުންސިލް އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ،25 ޖޫން 2019 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކައުންސިލްގެ 6580071 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
16