ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު:GMIZL/IUL/LEGAL/2019/006
މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ.ތިލަފުށި އަދި ކ.ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް އެކި ސަރަހައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން މިކުންފުނީގެ އޮޕަރޭޝަނަށް ދަތިވަމުންދާތީއާއި، ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ އެފަރާތްތަކުގެ ޝަކުވާ ދަނީ ލިބެމުންނެވެ. ވީމާ، 19 ޖޫން 2019 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މިތަކެތި ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގައި މިސަރަހައްދުގައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު މުއްދަތެއް ދިނުމަކާނުލައި، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެކަމުގައި ދަންނަވަމެވެ. މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.
16 ޝައްވާލް 1440
19 ޖޫން 2019
Fen Building/ 4th floor ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513, 3307515 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514