މަސައްކަތް
ނަންބަރު: GS78/IULAAN/2019/30
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 27 ޖޫން 2019 12:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރާނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS78/IULAAN/2019/30

 

ލޯގޯ ފަރުމާކުރާނެ ފަރާތެއް ހޯދުން

 

 

           2020 ވަނަ އަހަރަކީ މި ސުކޫލަށް 75 އަހަރު ފުރޭ އަހަރަށް ވުމުން އެމުނާސަބަތާ ގުޅުވައިގެން ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އެއް ފަރުމާކުރުމަށް ބޭނުންވެއެވެ. މިލޯގޯއިން ސުކޫލު ކުލައާއި ޚިދުމަތުގެ މުއްދަތުގެ އިތުރުން ކޮން ސުކޫލެއްކަން އެނގެން ވާނެއެވެ. މީގެ އިތުރުން ފަރުމާކުރި ލޯގޯގެ އެކިއެކި ބައިތައް މާނަކުރާގޮތް ދިވެހިބަހުން ލިޔެފައި ލޯގޯޔާއެކު ހުށަހަޅަންވާނެއެވެ.

 

  • ސުކޫލު: ޝެއިޚް އިބްރާހީމް ސުކޫލު
  • ސުކޫލު ކުލަ: ރޯޔަލް ބުލޫ އަދި ސްކައި ބުލޫ
  • ޚިދުމަތުގެ މުއްދަތު: 75 އަހަރު

          

           ވީމާ، ލޯގޯ ފަރުމާކޮށްދެއްވަން ބޭނުންވާ ސުކޫލުގެ ދަރިވަރުންނާއި ޢާއްމު ފަރާތްތަކުން 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އިދާރާއަށް ލޯގޯ ހުށައެޅުއްވުން އެދެމެވެ. މިލޯގޯގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީވެސް ބަލައި ގަނެވޭނެ ވާހަކަ ދަންނަވަމެވެ. ސޮފްޓް ފޮނުއްވާނަމަ [email protected] މިމެއިލް އަށް ފޮނުއްވުން އެދެމެވެ. މި ލޯގޯ ފަރުމާކުރުމުން 1 ވަނަ އަށްދާ ފަރާތަށް ރަމްޒީ ހަދިޔާއެއްގެ ގޮތުގައި 1000.00 (އެންހާސް ރުފިޔާ) ދެވޭނެއެވެ. އަދި ހުށަހަޅާ ލޯގޯތައް ޝޯޓުލިސްޓު ކުރުމަށްފަހު ނޮމިނޭޓުވާ ހުރިހާ ލޯގޯއެއް 75 އަހަރުގެ ލޯގޯ ފޮތުގައި ޝާއިޢު ކުރެވޭނެއެވެ.

          

18 ޖޫން 2019