ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2019/29
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 02 ޖުލައި 2019 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއިފިލަނޑާ ވިއްސައި އާލާކުރުމަށް ހެޗަރީއެއް ހެދުމަށް ބިން ކުއްޔަށް ދޫކުރުން

ހުއިފިލަނޑާ ވިއްސައި އާލާކުރުމަށް ހެޗަރީއެއް ހެދުމަށްޓަކައި 107639 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކުން ކުރިއަށް ދާނީ 19 ޖޫން 2019 އިން ފެށިގެން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމަޔަށް ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ބިޑް ފޯމެއްގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑް ފޯމު ގަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ބިޑް ފޯމު ގަނެ، ބިޑް ހުށަހަޅަން ބޭނުންވާ ހުރިހާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިޖެހޭ ފަހުން ޙާޟިރުވާ ފަރާތްތައް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިއެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ވެސް މީހަކު ފޮނުއްވިދާނެއެވެ. އެހެން ފަރާތެއްގެ ބަދަލުގައި މަޢުލާމާތު ސާފުކުރަން ޙާޟިރުވާ ކޮންމެ ފަރާތަކުން ވެސް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ފަރާތުގެ ނަން ބަޔާންކޮށް މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތައް ސޮއިކުރާ ޝީޓްގައި ސޮއިކުރަންވާނެއެވެ.

             ވީމާ، ހުއިފިލަނޑާ ވިއްސައި އާލާކުރުމަށް ހެޗަރީއެއް ހެދުމަށް މި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން، މިއިދާރާއިން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު 02 ޖުލައި 2019 ވާ އަންގާރަ ދުވަހުހެ 11:00 އަށް ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި،  ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

             ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޝައްވާލް 1440

18 ޖޫން 2019