ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2019/205
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި:
25 ޖޫން 2019 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް
ވަޒީފާގެ ފުރުސަތު
| މަޤާމް: |
ސީނިޔަރ ރިސަރޗް އޮފިސަރ |
| ސެކްޝަން/ ޑިވިޝަން |
ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް |
| ބޭނުންވާ އަދަދު: |
01 |
| ތައުލީމީފެންވަރާއި ތަޖުރިބާ އަދި ހުނަރު: |
އިކޮނޮމިކްސް ނުވަތަ އިކޮނޮމިކް ފައިނޭންސް އިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން. |
| ހުނަރުވެރިކަން: |
|
ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ:
- އިގްތިސާދާގުޅޭ ތަފާސްހިސާބުތައް ދިރާސާކޮށް ، އަދި އެ މައުލޫމާތަށް ބިނާކޮށް ރިސަރޗް ޕޭޕަރު ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.
- ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- މައިކްރޯސޮފްޓް އެކްސެލް ބެނުންކޮށްގެން އެނަލިސިސް ހަދަން އެގުން.
- ދިވެހިބަހާއި އިނގިރޭސި ބަހުން ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރުން.
- އީވިއުސް އަދި ސްޓާޓަ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރތަކަށް އަހުލުރެވިވެފައިވުން.
- ގަޑިއަށް ޙުރުމަތްތެރިވެ، އިތުރު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- ޕްރެސެންޓޭޝަން ދިނުމުގެ ޤާބިލްކަން ހުރުން.
|
|
| ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
|
ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑްގެ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ މަޤާމްގެ މައިގަނޑު މަސައްކަތް:
- ދިވެހި ރާއްޖޭ އަދި އެހެނިހެން ޤައުމުތަކުގެ މުސާރައާއި އަދި އުޖޫރާގެ ގޮތުގައި ދެވޭ މުސާރަތަކާ ބެހޭ ގޮތުން ދިރާސާ ކުރުން.
- ސަރުކާރު އަދި އެހެނިހެން މުއައްސަސާތަކުން ވޭޖް ބޯޑަށް ބޭނުންވާ މަޢުލޫމާތު ހޯދާނެގޮތް ޕްލޭންކޮށް މަޢުލޫމާތު ހޯދުން
- ސްޓެޓިސްޓިކަލް ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަޢުލޫމާތު އެނަލައިޒް ކުރުން.
- އެނަލިސިސްއަށް ބިނާކޮށް ރިޕޯޓް ކަރުދާސް ތައްޔާރުކުރުން.
- ރިޕޯޓް ހެދުމަށްފަހު ރިސަރޗް ފައިންޑިންސް ބޯޑްގެ ޗެއަރ އާއި ޙިއްސާކުރުން.
- ބޯޑް ސެކްރެޓޭރިއަޓްގެ މަސްއޫލިޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރުން.
|
|
| މުސާރައާއި އިނާޔަތްތައް: |
20،000 ދިވެހި ރުފިޔާ |
ކުރިލަތިލުމުގެ ސުންގަޑި:
މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގަ އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް (ބޮޑުތަކުރުފާނު މަގު، މާލެ 20125) އެޑްރެސްކުރައްވައި ހަށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސީޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް " ސީނިޔަރ ރިސަރޗް އޮފިސަރ - ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.