ދިވެހިރާއްޖެ
ނަންބަރު: (IUL)241-A/241/2019/17
އިޢުލާން
މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިޒް ކޮށްދޭނެފަރާތެއް ކޮންޓްރެކްޓް އުޞޫލުން ހޯދަން ކުރި އިޢުލާން ނަންބަރ.(16 / 2019 / 241-A (IUL) އަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން ޢިއުލާންކުރަމެވެ.
ވީމާ ، ޕެޓްރޯލް 1 ( އެކެއް ) އަހަރުގެ ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.
މާރކްސް ދެވޭނެ މިންގަނޑު
1- ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު.
2- ތެލުގެ އަގަށް އަންނަބަދަލުތަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތް .
3- ފައިސާދެއްކުމަށް އެދޭގޮތް : ( ފައިސާދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
4- މެދުނުކެނޑި ސަޕްލައި ލިބެން ހުންނާނެ ކަމުގެ ކެރެންޓީ ( ހުށަހަޅަފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
5- ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.
6 -ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )
7 -ޓެކްސް ކްލިއަރެންސް ރިޕޯޓް .
މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
15 ޝައްވާލް 1440
18 ޖޫން 2019