ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަގާމްގެ ނަން: |
ޑްރައިވަރ |
ރޭންކް: |
SS2/B |
ސެކްޝަން/ޑިޕާޓްމަންޓް |
ބިއުރޯ ސެކްޝަން |
ބޭނުންވާ އަދަދު: |
1 |
ތަޢުލީމާއި ތަޖުރިބާ: |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
- ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެހިކަލްތައް ދުއްވުން - ވެހިކަލްތައް ބެލެހެއްޓުން |
އުޖޫރަ: |
- މަހަކު -/5,600 ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ލިވިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3500 ރުފިޔާ - ޕާލަމެންޓަރީ ސަރވިސް އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ |
ފޯމް ފޮނުވަންވީ ތާރީޚް: 19 ޖޫން 2019 އިން 24 ޖޫން 2019 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.
ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޑްރައިވިންގ ލައިސަންސް ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)
- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.