ދިވެހިރާއްޖެ
ޕިކަޕް ގަރާގް ގުދަނަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރުމާއި ގުޅޭ:
ކުރިން މި ކައުންސިލްގެ ޕިކަޕު ވެއްދުމަށް ހަދާފައިވާ ގަރާޖް މަރާމާތުކޮށް ގުދަނަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާނަންބަރު: IUL)335-AS/335/2019/36) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްއަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.