ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HC-EX-2019-2
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 25 ޖޫން 2019 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 1 ވަނަ ޓަރމްގެ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

 

އެގްޒާމް އިންވިޖިލޭޓަރ

މަޤާމު:

06

ބޭނުންވާ އަދަދު:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހިތަދޫ ކެމްޕަސް

އޮފީސް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

އުޖޫރަ ދެވޭނެގޮތް:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަޤާމުގެ ޝަރުތު:

 

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

  • ފައިނަލް އިމްތިޙާނު އޮންނާނީ 30 ޖޫން 2019 އިން 13 ޖުލައި 2019 އަށެވެ.
  • ރީސިޓް އިމްތިޙާނު އޮންނާނީ 4 އޮގަސްޓް 2019 އިން 10 އޮގަސްޓް 2019 އަށެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ·         މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހަށެވެ.
  • އެޕްލިކޭޝަން ފޯމް ހުށަހަޅަން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމް ލިބެން ހުންނާނީ ހިތަދޫ ކެމްޕަހުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކް އިންނެވެ.

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf

 

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

އެޕްލިކޭޝަންގެ ސުންގަޑި:

އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6885053 އަށެވެ.

އިތުރު މަޢުލޫމާތު:

 

18 ޖޫން 2019

ނޯޓު: MNU-HC-EX-2019-1 (03 ޖޫން 2019) ވަނަ އިއުލާނުގައި ދެންނެވިފައިވާ އަދަދަށް ކެންޑީޑޭޓުން ކުރިމަތިލާފައި ނުވާތީވެ މި އިއުލާންވަނީ ބާތިލްކުރެވިފައެވެ. އެހެން ނަމަވެސް މި އިއުލާނަށް އިޖާބަ ދެއްވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށައަޅާކަށް ނުޖެހޭނެއެވެ.

18 ޖޫން 2019