ދިވެހިރާއްޖެ
މަޤާމް :ކޮމިއުނިޓީ ހެލްތު އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މިމަރުކަޒުގައިމަސައްކަތްކުރުމަށްޝައުޤުވެރިވާފަރާތްތަކަށްމަރުޙަބާކިޔަމެވެ.މިވަޒީފާއަށްބޭނުންވަނީ،ގިނަވަގުތު މަސައްކަތުގައިއުޅެވޭ މަސައްކަތަށްޝައުޤުވެރިކަންހުރި،ޤާބިލްމީހެކެވެ.
މަޤާމް:
|
ކޮމިއުނިޓީ ހެލްތު އޮފިސަރ |
މަޤާމުގެ ނަންބަރ |
J-290895 |
ބޭނުންވާ ޢަދަދު: |
01 |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމް.އެސް.1 |
މަޤާމްގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމް އޮތް އޮފީސް |
އއ. ތޮއްޑޫ ސިއްޙީމަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތޮއްޑޫ ޞިއްޙީމަރުކަޒު / އއ.ތޮއްޑޫ |
މުސާރަ: |
މަހަކު -/5610 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2500 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަސްންސް |
ސަޕޯޓިންގ ކޯ އެލެވަންސް -/700 ރުފިޔާ |
އެހެނިހެން އެލަވަންސް: |
- ރިސްކް އެލަވަންސް ގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ -ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:
|
1 ޕަބްލިކް ހެލްތް ޔުނިޓުން ކުރަންޖެހޭ ޕްރައިމަރީ ހެލްތު ކެއާރގެ (ޓެކްނިކަލް އަދި އިދާރީ) މަސައްކަތްތައް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ މަތިން ބަހާލައިގެން މަސައްކަތްތައް ކުރިޔަށް ގެންދިއުން.
|
މަޤާމުގެ ޝަރުތު |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން |
ތަޢުލީމީ ރޮނގުތައް |
ކޮމިއުނިޓީ ހެލްތު، ޕްރައިމެރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު |
ގުޅޭ ވަޒީފާގެ ދާއިރާ: |
ހެލްތު ސަރވިސަސް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ (www.health.gov.mv ) ވެބްސައިޓުންނާއި މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ. 2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ) (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6-ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ. 8- މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ މުއަދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ. 9- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިގޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް. |
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 27 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އއ ތޮއްޑޫ ސިއްޙީމަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 ޖުލައި މަހުގެ ތެރޭގައި ، މި މަރުކަޒުގެ އޮފީހުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
- މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660860 ނަންބަރު ފޯނަށެވެ. |
17 ޖޫން 2019