ނީލަން
ނަންބަރު: (IUL)7-ADMN/1/2019/43
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 27 ޖޫން 2019 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލުން

މި އިޢުލާންވަނީ 20 ޖޫން 2019 13:49 ގައި ބާތިލް ކުރެވިފައެވެ.


މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ތިރީގައި މިވާ ހަރުމުދާތައް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ހުޅުވާލުމެވެ.

ތަކެތި

އަދަދު

ގޮނޑި

14

ވިނީލް ފްލޯރިންގ

1

ކާޕެޓް

2

އޭސީ

5

ލެޕްޓޮޕް

13

ކޮމްޕިއުޓަރ ކީބޯޑު

1

ޕޭޕަރ ޝްރެޑަރ

1

 

ވީމާ، މިދެންނެވި ތަކެތި ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019  ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި 15:00 އާ ދެމެދު މިއޮފީހަށް  ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު 2019 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

17 ޖޫން 2019