ކުއްޔަށް ހިފުން
ނަންބަރު: GS50/IUL/2019/15
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 04 ޖުލައި 2019 10:30
ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް 02 ޖޫން 2019 ގައި ކުރެވުނު އިއުލާން GS50/IUL/2019/09 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް އެއްވެސް ފަރާތަކުން ނަންނޯޓުކޮށްފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވަމެވެ.  

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 18 އިން 2019 ޖޫން 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 26 ވާ ހޯމަ ދުވަހުގެ 10:30 ގައިމިސްކޫލްގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ޝަމްސުއްދީން ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަމްސުއްދީން ސްކޫލް

ސ.މީދޫ، ދިވެހިރާއްޖެ

ފޯން: 6895733

އީ-މެއިލް: [email protected]

17 ޖޫން 2019