ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-EDF/22/2019/127
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 24 ޖޫން 2019 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

 

   މަޤާމް:                     އެކައުންޓްސް އޮފިސަރ (ވަގުތީ)

   ބޭނުންވާ އަދަދު:                01

   މުސާރަ :                   -/5,610 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2,000 ރުފިޔާ

   ނޮން ޕްރެކްޓިސް އެލަވަންސް  :      މުސާރާއިގެ %35

   ރިސްކް އެލަވަންސް:             އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

   ފޯން އެލަވަންސް:               -/200 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                    ކޮންޓްރެކްޓް ( 4 މަސް )

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  • ޕޭމަންޓްސް ރިކުއެސްޓް ލިބުމުން ބަޖެޓް ރިޕޯޓްއަށް އެޅުން
  • ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން
  • ޕޭމަންޓް ވައުޗަރތައް ސެޕް ސިސްޓަމްއަށް އެންޓަރކޮށް އެޓޭޗްކުރުން
  • ޕޭމަންޓް ވައުޗަރ ޕޯސްޓްކުރުމުން ރެކޯޑްތައް ބެލެހެއްޓުން
  • ކޭޝްބުކް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން
  • ސެޕްސިސްޓަމް އޮތޮރައިސޭޝަން ހޯދުމަށްކުރެވޭ އިދާރީ ލިޔެކިއުން ތައްޔާރުކުރުމާއި ބެލެހެއްޓުން
  • އެސެޓް ފޯމް ކްރިއޭޓްކުރުން
  • ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކޮށްގެން ޕޭމަންޓްސްގެ ސްޓޭޓަސްތައް ބެލެހެއްޓުން
  • މަހުން މަހަށް ޚަރަދު ރިޕޯޓް ތައްޔާރުކޮށް ސޮއިކުރުމަށްފަހު ފައިލްކުރުން
  • އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރަންޖެހޭ ފަރާތްތަކަށް އޯޑިޓްކުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ދިނުން
  • އަހަރީ ހިސާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ޕޭމަންޓްސްގެ ރިކޮންސިލިއޭޝަން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީގެ ބެލެންސްއާ ދިމާކުރުން
  • އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ބަލައިގަންނަ މުވައްޒަފު ނެތް ހާލަތެއްގައި، ލިބޭ ފައިސާ ބަލައިގަތުމާއި ލިބޭ ފައިސާ ދުވަހު ފޮތް ލިޔެ ބެލެހެއްޓުން
  • މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ފޮތްތަކާއި ފައިލްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި ސިޓީތައް ލިޔުން
  • މީގެ އިތުރުން އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

ޝަރުތު:                          

1- އެކައުންޓްސް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން

ނުވަތަ

2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 

ހ. މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ށ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ނ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.                     

އިންޓަރވިއު ކުރުން.

ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިއެވެ، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ) ކައުންޓަރުން ފޯމް ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

  • އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ )
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރ 3341232 ފޯނަށް ގުޅުއްވުން އެދެމެވެ. 

17 ޖޫން 2019