ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ކޮށްފައިވާ ނަންބަރު(IUL)160-A/1/2019/25 ( 13 މޭ 2019) އިޢުލާންގައިވާ 2019 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރއަށް ހުޅުވާލެވިފައިވާ ކޯސްތަކުގައި އިތުރު ޖާގަ އޮތުމާއެކު، އެކޯސްތަކުގެ މުއްދަތު ތިރީގައިވާގޮތަށް އިތުރުކޮށް އިޢުލާން ކުރިވާހަކަ ދެންނެވީމެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު: 1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
2- ޢުމުރުން 16 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤާރީކަމުގެ އެޑްވާންސް ސެތްފިކެޓް
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 3 ހހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: އދ. މަހިބަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ހުޅުމާލެ، ޏ. ފުވައްމުލައް.
ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2019 ޖޫން 17 ވާ ހޯމަ ދުވަހުން ފެށިގެން ( މިއަދު) މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.